އީދު ފެންކުލައިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ ސީރިއަސް އަނިޔާތަކެއް!

ފުވައްމުލައް ސިޓީގައި މިއަދު ކުލަ ޖަހަން އުޅުނު ބައެއް ކައިރިން ސަލާމަތްވާން ވެގެން އުޅެނިކޮށް، ސައިކަލާއެކު ވެއްޓި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދެއެވެ.
އީދު ކުލަ ޖެހުމުގެ ތެރޭގައި މީގެ ކުރިންވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައިވެސް ވަނީ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި ކުލަ ޖެހުމުގެ ތެރޭގައި މާރާމާރީ ހިނގުންފަދަ ކަންކަން ވެސް ބައެއް ރަށްރަށުގައި ދަނީ ދޭތެރެ ދޭތެރެއިން ހިނގަމުންނެވެ.
މިއީ އީދުކުޅިވަރެއްތޯ ! ބަޔަކު މީހުން ކުރާ ކޮންމެކަމަކީ އީދު ކުޅިވަރެއްނޫން ހިންދީ ދީނުގެ މީހުން ކުލަޖަހަނީ އެމީހުންގެ އީދު ތަކުގައި ! މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވާންޖެހޭ !