ޚަބަރު ސިޔާސީ

މޮސްޓާ ނަޝީދަށް:ދައުލަތުގެ ހަރަދުތައް ހިތުހުރި ގޮތަކަށް ބޭނުން ކުރާހާދުވަހަކު ރައްޔިތުންގެ ހާލެއް ނޭނގޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދައުލަތުގެ ހަރަދުތައް ހިތުހުރި ގޮތަކަށް ބޭނުން ކުރާހާދުވަހަކު ރައްޔިތުންގެ ހާލު ނޭނގޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލިސް ރައިސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

މޮސްޓާ މިހެން ވިދާޅުވީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކޮތަޅުގެ އަގު ހެޔޮކުރަން ރައީސް ނަޝީދު ބޭނުންފުޅުނުވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ.

"ތާއީދު ނުކުރާނެތާދޯ މުހައްމަދު ނަޝީދަކީ 2008 ނޮވެމްބަރު 11 އިން ފެށިގެން ދައުލަތުގެ ހަރަދުގައި މިއަދާހަމައަށްވެސް ކައިބޮއި ހަދައިގެން އުޅޭ މީހެއް މީނާއަކަށް އިހުސާސް ނުވާނެ ރައްޔިތުން އުޅޭހާލު މުރައިދޫ ގަނޑުވަރުގައި ދައުލަތުގެ ހަރަދުތައް ހިތުހުރި ގޮތަކަށް ބޭނުން ކުރާހާދުވަހަކު" މޮސްޓާ ވިދާޅުވިއެވެ. 

ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވެއެވެ.

ކުނިމެނޭޖް ކުރުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސްކުރެއްވުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމެވިއިރު، މިހަފްތާގައި މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށް މެންބަރުން ވަޑައިގަތުމުގެ ކުރިން އެމަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!