Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މަޝްއަރުގެ އުމްރާވެރިން ނުގެންނަން ފްލައިޓް ޗާޓަރުކުރި ކުންފުނިން ނިންމައިފި

މަޝްއަރުގެ އުމްރާވެރިން ނުގެންނަން ފްލައިޓް ޗާޓަރުކުރި ކުންފުނިން ނިންމައިފި

އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރި ޓްރެވަލް އެޖެންސީއަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދައްކާތީ އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި އުމްރާވެރިން ރާއްޖެއަށް ގެނެސްދެވެން ނެތްކަމަށް އެކުންފުނިން ބުނެފިއެވެ.

ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްޢަރު ގްރޫޕުން ދައްކަން ޖެހޭ 141،450 ޑޮލަރުގެ ޗެކް ބައުންސްވެ އުމްރާވެރިން ރާއްޖެ ނުގެނެވިދާނެކަމުގެ ބިރު ހީވެ އެމައްސަލަ ފެންމަތި ވެފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ޗެކް ބައުންސްވިތާ ތިން ހަފުތާއެއްހާ ދުވަސް ވީއިރު ވެސް ޗެކްގައިވާ އަދަދަށް ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްއަރު ގުރޫޕުން ފައިސާ ނުދައްކާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ޓްރެވެލް 2 މޯލްޑިވްސް އިން މަޝްއަރު ގުރޫޕްގެ 146 މީހުން އުމްރާއަށް ގެންދިޔައެވެ. އެ ގުރޫޕްގެ އުމްރާވެރިން ރާއްޖެ އައުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ގައެވެ. އެހެންނަމަވެސް އެކުންފުންޏަށް ފައިސާ ނުދައްކާތީ މަޝްއަރުގެ އުމްރާވެރިން ރާއްޖެ ނުގެނެވޭނެކަމަށް ނިންމާފައިވާއިރު، އުމްރާވެރިން ދެން ކަންތައް ކުރާނެ ގޮތެއް ނުވަތަ އާދެވޭނެ ގޮތެއް އަދި ވަނީ ހަމަނުޖެހިއެވެ.

Advertisement
Ooredoo — Truecaller (box)

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެފައިވަނިކޮށް، އުމްރާވެރިން ނުގެނެވޭނެ ހާލަތެއް މެދުވެރިވިޔަސް ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޙައްޖު އަދި ޢުމްރާ ޖަމާއަތަކަށް ދިމާވާ މައްސަލައެއް ނުވަތަ އެ ޖަމާޢަތަކުން ކުރާކަމަކުން އެއްވެސް ދިވެހި ރައްޔިތަކު ރާއްޖެ ނާދެވި، ހާލުގައި ޖެހޭނެފަދަ ހާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް