ޚަބަރު ސިޔާސީ

"ހެޔޮވެރިކަމަކީ" ބޮޑުއަގުގައި ހަމައެކަނި ސިމެންތީގެ މަސައްކަތް ހިންގުން: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ހެޔޮވެރިކަމަކީ" ބޮޑުއަގުގައި ހަމައެކަނި ސިމެންތީގެ މަސައްކަތް ހިންގުންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑޭ މިހެން ވިދާޅުވީ އަލް މަޝްއަރު ހައްޖު އުމްރާ ގުރޫޕުން މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ މީހުން އަނބުރާ އައުމަށް ޕްލައިޓް ޗާޓަރ ކުރި ކުންފުންޏަށް ފައިސާ ނުދައްކާތީ އެގުރޫޕުގެ އުމްރާވެރިން ނުގެނައުމަށް އެކުންފުންނިން ނިންމި ނިންމުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

"އިސްލާމިކް މިނިސްޓްރީގެ މަސައްކަތަކީވެސް ހަމައެކަނި މިސްކިތް އެޅުމާބެހޭ ޢުމްރާނީ މަސައްކަތް ހިންގުން ކަމަށް ދެކެވުނީމައި އެހެން އެއްވެސް ކަމެއް ދާގޮތެއް، ވާގޮތެއް ނުބެލެހެއްޓޭނެ. “ހެޔޮވެރިކަމަކީ” ބޮޑުއަގުގައި ހަމައެކަނި ސިމެންތީގެ މަސައްކަތް ހިންގުން." ވައްޑޭ ވިދާޅުވިއެވެ.

މަޝްއަރު ގުރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި އުމްރާވެރިން ނުގެނައުމަށް ފްލައިޓް ޗާޓަރ ކުރާ ކުންފުނިން ނިންމާފައިވާއިރު ދެން އުމްރާވެރިން ހަދާނެ ގޮތެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގައި ކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ މީގެ ކުރިން ބުނެފައިވަނީ މަޝްއަރު ގުރޫޕުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އުމްރާވެރިން ހާލުގައި ނުޖެހޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!