Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ސުންގަޑީގެ 10 މިނެޓު ކުރިން މަޝްއަރު ގުރޫޕުން ފައިސާ ދެއްކުމުން، ބައެއް އުމްރާވެރިން މިއަދު އަންނަނީ!

ސުންގަޑީގެ 10 މިނެޓު ކުރިން މަޝްއަރު ގުރޫޕުން ފައިސާ ދެއްކުމުން، ބައެއް އުމްރާވެރިން މިއަދު އަންނަނީ!

އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރި ޓްރެވަލް އެޖެންސީއަށް ދޭން ޖެހޭ ފައިސާ ނުދައްކާތީ އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި އުމްރާވެރިން ރާއްޖެއަށް ގެނެސްދެވެން ނެތްކަމަށް އެކުންފުނިން ބުނެފައިވަނިކޮށް ފައިސާ ދައްކަންދިން ސުންގަޑީގެ 10 މިނެޓު ކުރިން ފައިސާ ދެއްކުމުން ރޭ ފުރަން ހަމަޖެހިފައިވާ އުމްރާވެރިން ރާއްޖެ އައުމަށް ފުރައިފިއެވެ.

އެނގިފައިވާގޮތުގައި މަޝްއަރު ގުރޫޕުގެ އުމްރާވެރިންގެ ތެރެއިން 8 އުމްރާވެރިއެއް ރޭ ވަނީ ރާއްޖެ އައުމަށް ފުރާފައެވެ. އަދި ރާއްޖެއާދެވޭނީ މިއަދު މެންދުރު ފަހު 2:30 ގައެވެ.

އަދި ބާކީ ތިބި 130 އުމްރާވެރިންގެ ފައިސާވެސް ދައްކާނެކަމުގެ ޔަޤީންކަން އެ ގުރޫޕުން ވަނީ ދީފައެވެ. އަދި އެމީހުން އެއާޕޯޓަށް ދިޔުމަށްވެސް މިހާރު ވަނީ އަންގާފައެވެ.

Advertisement
HDC — Sidebar (box)

އެހެންނަމަވެސް އެމީހުން ފައިސާ ދައްކާފައި ނުވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕުން މިދިޔަ ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ.އެވެ. އެއީ 30 ދުވަހުގެ އުމްރާގެއަގެވެ.

އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ޚަރަދެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް