Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުޅަހެޅުމަށް ހުޅުވައިލައިފި

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުޅަހެޅުމަށް ހުޅުވައިލައިފި

ދިވެހި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުޅަހެޅުމަށް ހުޅުވައިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު 23 މޭ 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފައިވާކަމަށެވެ.

"ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 ފެބުރުވަރީ 2022 ވީ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނި ތަކަށެވެ." އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

Advertisement
Ooredoo — Square (box)

މި އިޢުލާނުގައި އިތުރަށް ބުނީ ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 މޭ 2023 ވާ އާދިއްތަ ދުވަހުން  ފެށިގެން 23 މޭ 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް (ސަރުކާރު ބަންދު ނޫން) ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުންކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް