ޚަބަރު ސަރުކާރު

ހިޔާ ފުލެޓުގެ ކުލި ކުޑަކުރީކީ ނޫން، ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހައްދަވައިދެއްވީ: އަކުރަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ރައީސުލްޖުމްހޫރިއްޔާވަނީ ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ވަކި ފަރާތެއް ތަފާތުނުކޮށް ހުރިހާ އާއިލާތަކަށް ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ނިންމަވައިފައިކަމަށާ ކުލި ކުޑަކޮށްދެއްވީ ނޫންކަމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކުރަމް ވިދާޅުވީ، މި ލުޔާއިއެކު 7 އަހަރު ވަންދެން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ތަކުރާރުކޮށް އަޅުގަނޑު މި އިޢުލާނުކުރަނީ ހިޔާ ފުލެޓުގެ ކުލި ދެއްކުމުގެ ގޮތުން ލުއި ހޯދައިދިނުމަށް ކުލި ކުޑަކުރަނީކީ ނޫން އިނގޭތޯ ކުލި ކުޑަކުރުމެއް ނޫން މީކީ ކުލި ދެއްކުމުގައި ލުއި ގޮތެއް ރައީސްޖުމްހޫރިއްޔާ މި ހޯއްދަވައިދެއްވީ މިގޮތުން މިހާރު ނިންމާފައިވަނީ ކުރިން ދައްކަމުން އައި 7500 ރުފިޔާގެ ބަދަލުގައި ހަތް އަހަރު ދުވަހުގެ މުއްދަތައް ކޮންމެ އަހަރަކު 5300 ރުފިޔާ ދައްކާގޮތަށް." އަކުރަމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ އެމްޑީ އަޙްމަދު އާތިފްވެސް ވިދާޅުވީ 5،300 ރުފިޔާއަށް ހިޔާގެ ކުލި ބަދަލުކުރީ، ހަތް އަހަރުގެ ދުވަހުގެ މުއްދަތަކަށް ކަމަށާއި ކުލި ކުޑަ ކުރީ ނޫންކަމަށެވެ.

އަދި ހަތް އަހަރު ދުވަހުގެ ފަހުން މިހާރުވެސް ދައްކަމުން ގެންދާ ގޮތަށް 7،500 ރުފިޔާއަށް ކުލި ބަދަލުވެގެންދާނެ ކަމަށެވެ.

Ads by HDC
  1. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ މަމެން ވެރިކަމަށް އަތުވެއްޖެނަމަ ހިޔާ ފްލެޓްސް ތަކުގެ ކުލި 100 އަހަރަށް ބަހާލާ މަހަކު 2 ހާސް ރުފިޔާ ކުއްުޔެއގެ ގޮތުގައި ހަދާނަމޭ މިނިސްޓަރުންނާއި ހާކިމާ ގައިމޮޑެން ވެގެން ސަރުކާރުގެ ބަޖެޓުން ރާއްޖޭން ބޭރަށް ކުރާ ޚަރަދު އެއްކޮށް ހުއްޓާލާ އެފައިސާ އިން އިތުރަށް އަހަރަކު 20 ހާސް ފްލެޓްްސް މާލެ ސަރަހައްދުގައި އަޅާނަމޭ ތަމެން ނަށް ނުވާނެއޭ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ

  2. 9 ލައްކަޔަށް ޖެހޭ އެޕާޓްމަންޓް 2 މިލިޔަން 2 ލައްކަ ރުފިޔާއަށް ހަދައިގެން އުޅެނީ ސަރުކާރުން ކޮންމެވެސް ބަޔެއްގެ ޖީބަށް ފައިސާ ކޮޅެއް ޖަމާކިރަން !