ރައީސް ނަޝީދުގެ"ފިކުރެއްގެ ދިރުން" ފެކްޝަންގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހައި މެންބަރުން އެމްޑީޕީން ވަކިވުމާއެކު، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ފާޑު ވިދާޅުވެއްޖެއެވެ.
މޫކޭ ވިދާޅުވީ ކާމިޔާބުވީ ރައީސް ނަޝީދު ފަޅުވެރިއަކަށް ބައިންދައިގެން ކުރި ދަތުރު ކަމަށާއި އާއްމުންގެ ތާއިދު ނުލިބޭކަން އެނގުމުން "ފުންމާލީ ބޯޓުން" ކަމަށެވެ.
"ބެލްޓް އަޅައިގެން ނައްޓާލައިގެން އުޅޭތާ 13 އަހަރު ތެރޭ ޖެއްސުނު ހަމައެކަނި ފަހަރުވެސް ދޮންކަޅު އަންގާ ނުލާ މުޅި ކެބިނެޓާ އެކު ދިނީ އިސްތިއުފާ. ފަޅުވެރިއަކަށް ބައިންދައިގެން ފެށި ދަތުރު ކާމިޔާބު. އެތަން ފެނި އާންމުންގެ ތާއީދު ނުލިބޭނެކަން އެނގުމުން ބޮޑާ ހާކާފައި އެ ފުންމާލީ ބޯޓުން" މޫކޭ ވިދާޅުވިއެވެ.
މޫކޭ މިހެން ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި މުހިންމު މެމްބަރުން ތަކެއް އިއްޔެ ޕާޓީން ވަކިވުމާއި ގުޅިގެންނެވެ.
އިއްޔެ ޕާޓީން އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ހަސަން ލަތީފް، އީވާ، އިލްޔާސް ލަބީބް، އިމްތިޔާޒް ފަހުމީ، ޔާސިރު އަބްދުއްލަތީފް، އިބްރާހިމް ރަޝީދު (ބޮންޑޭ)، ހަސަން އަފީފް، ހުސެއިން ފިރުޝާން، މުހައްމަދު ރަޝީދު (ބޯދިގު)، ހަސަން ޝިޔާން، އަހްމަދު ޒާހިރު (ގައްދޫ)އެވެ.
މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރު ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.
އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެ ޕާޓީން އަމިއްލައަށް ވަކިވެފައިވަނީ، އެމްޑީޕީން ޢަލީ ޢާޒިމް ވަކިކޮށްފައިވަނިކޮށެވެ.
ކަލޭ ވައްޓާލާނީ ބޯޓުން.ނެތް މާގިނަ ދުވަހެއްް.
ޢެތަށް މިލިއަން ރުފިޔާަެއެއް ކާލާފަ ހުރި މީހަކު އެބަ އަނގަ ހުޅުވާ ،