ޚަބަރު ސިޔާސީ

ވައްޑޭގެ ސުވާލެއް: މިހައި ފަސޭހައިން ބައެއް ދޫކޮށްލި ވެރިއެއް ދުށިންތަ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހައި ފަސޭހަކަމާއެކު، ޤައުމުގެ ސަރަޙައްދުން ބައެއް ދޫކޮށްލި ވެރިއަކު ފެނިފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުޙައްމަދު ވަހީދު(ވައްޑޭ) ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

އޭނާ މި ސުވާލު އުފެއްދެވީ، މިއަދު ހެނދުނު ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި، އިއްވެވި ޙުކުމްގައި ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސްއިން، މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިން ކަނޑައެޅުމުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ އިން ދުނިޔެއިން ބަލައިގަންނާނެ ގޮތެއްގައި ކަނޑައެޅުނީ ކަމަށާއި، މިއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވީ، މިގޮތަށް އިން ކަނޑައެޅުމުން، ރާއްޖޭގެ ސަރަޙައްދަށް ވަދެ، ބޭރުގެ މަސް ބޯޓުތަކަށް ދެން މަސް ނުބޭނޭނެ ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، އިޓްލޮސްއިން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭ ގޮތަށް ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު، މޮރިޝަސްއަށް ލިބިގެންވާ ކަމަށް ޤަބޫލުކުރައްވައި، އެ ޤައުމުގެ ބޮޑުވަޒީރަށް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިޓީފުޅެއް ފޮނުއްވުމާ ގުޅިގެންނެވެ.

މި ސިޓީ ހާމަ ކުރުމަށް، މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ "ކަނޑު ވިއްކައިލުމާ ދެކޮޅު ކޯލިޝަން"‏އިން ދަނީ ގޮވައިލަމުންނެވެ.

Ads by Ooredoo
  1. ބަރާބަރު
    ތިޔަބޯގުރޫޕް ތިޔައިީ މިޤަވްމަށް މިހާތަނަށް ޖެހުނު ބޮޑެތި ވަބާގެ ތެރެއިން ވަބާއެއް! ﷲ އިރާދަކުރެއްވިއްޔާ ތިޔަނެތިދަނީ!