Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ގައްބަރޭ އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ

ގައްބަރޭ އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަމުން އަންނަ  ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އިބްރާހީމް ޢަބްދުﷲ (32އ) ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވުމުން ހައްޔަރުކޮށްފައިވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގަައްބަރޭ ހޯދަން ފުލުހުން އިޢުލާނު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

ގައްބަރޭ ހޯދައިފައިވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ގައްބަރޭއަކީ މީހުން މެރުމާއި ގޭންގު ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް