Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ޑިމޮކްރަސީގެ ނަމުގައި މި ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލީ ރައީސް ނަޝީދު: ރޮޒައިނާ

ޑިމޮކްރަސީގެ ނަމުގައި މި ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލީ ރައީސް ނަޝީދު: ރޮޒައިނާ

ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލެއްވީ, މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ކަމަށާއި, މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ވަނަމުން ގޮވަން ބާރުއެޅުއްވުމުން އެކަމާ ހައިރާންނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޗެނަލް-13 އިން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލައިގައި ބްރޯޑްކޮމް އިން އެ ޗެނެލްއަށް ފިޔަވަޅު އެޅުމުން, އެ ކަމާ ގުޅިގެން މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ކުއްލި މައްސަލަ ފާސްވެފައެއް ނުވެއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ނަމަވެސް އެ މައްސަލައާ ހަވާލައި ދެއްވައި ބައެއް މެންބަރުން ބަހުސް ކުރެއްވިއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދުވެސް ހިމެނި ވަޑައިގަންނަވައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސަށް ނިސްބަތްކޮށް ވަނަމެއް ކީމާ ކަންބޮޑުވުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިކަމަށް ރައްދު ދެއްވަމުން މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ, ރައީސް ނަޝީދު އެހެން ވިދާޅުވުމުން ހައިރާން ނުވާ ކަމަށެވެ.

“ޑިމޮކްރަސީގެ ނަމުގައި މި ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި ބޭފުޅާ މި ވިދާޅުވަނީ ޗޯރު އިބޫއޭ ކީމަ އެއީ ޑިމޮކްރަސީއޭ” ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ, ޑިމޮކްރަސީގެ ވާހަކަ ރައީސް ނަޝީދު ނުދެއްކެވުން މާ ރަނގަޅުވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ, ޕްރައިމަރީން ބަލި ޤަބޫލު ނުކުރެއްވުމާއި, އެމްޑީޕީގައި ހުރެ އަމިއްލަ ޕާޓީއެއް އުފެއްދެވުމެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ, މިއަދު ރައީސް ނަޝީދު ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުން އަންނަނީ ހިނި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް