ޚަބަރު ސަރުކާރު

ވޭމަންޑޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދާތީ، އެއްބަސްވުން އުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢައިޝަތު ޢަލީ

ތ.ވޭމަންޑޫ ސްކޫލްގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދާތީ، މަޝްރޫޢުގެ އެއްބަސްވުން އުވައިލައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޭމަންޑޫ ސްކޫލްގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާއިރު، މަސައްކަތް ޙަވާލު ކުރި ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް ބުނާ ވާހަކައިގެ ހަޤީޤަތަކީ ކޮބައިތޯ އާއި، އެ މަޝްރޫޢު އަލުން ފެށޭނީ ކޮން އިރަކުންތޯ، ކިނބިދޫ ދާއިރާގެ މެމްބަރު، ރިޔާޒު ވަނީ އެޑިއުކޭޝަން މިނިސްޓަރު، ޑރ.ޢައިޝަތު ޢަލީއާ ސުވާލުކުރައްވައިފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫޢު، 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 18 ވަނަ ދުވަހު، ބަޔަކާ ޙަވާލު ކުރެވި، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢު ނިންމާ ގޮތަށް، ކުރިން އޮތީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަޝްރޫޢު ލަސްވާތީ އެކަން ރަނގަޅު ކުރަން ކޮންޓްރެކްޓަރަށް އެންގުމުންވެސް އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާތީ، ތިން ފަހަރަށް ނޯޓިސް ދިނުމަށްފަހު، 17 ޖެނުއަރީ 2023 ގައި، މަޝްރޫޢުގެ އެއްބަސްވުން އުވައިލައިފައިވާ ކަމަށެވެ.

"29 ޖެނުއަރީ 2023 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ސައިޓަށް ދިޔައިރު، އެކޮޅުން ވާހަކަ ދެއްކީ، ސްކޯޕަށް ކުޑަ ބަދަލެއް ގެންނަން، އެއީ، ކަނެކްޓިން ބްރިޖަކާ ޓެރެސްއެއް އެތާގަ އަޅައިދިނުމަށް، ދެން އެ ބަދަލު ގެނައުމަށް އަޅުގަނޑުމެން މިހާރު ބީއޯކިޔުއަށް ބަދަލުތަކެއް ގެނެސް، މިހާރު ވަނީ ޓެންޑަރ ބޯޑަށް ފޮނުވާފަ."

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓެންޑަރ ބޯޑުން މި ޕްރޮޖެކްޓް އެވޯޑް ކުރުމާއެކު، މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

 

 

 

 

Ads by HDC
  1. ކަނޑުވިއްކާ

    ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު ޖޭޕީ ޑައުން ޑައުން ޑައުން ގާސިމް ހަރާމްކޯރު ބަތާހާރަމީ ކަނޑުވިއްކާލި ބޮޑުވަގު އައުޓް އައުޓް އައުޓް ފޯޅަވަހި ކޯލިޝަން ޒިންދާބާދު