އަކްޝޭގެ މިދަބަހަށް އެންމެންގެ ސަމާލުކަށް!

ކާމިޔާބު އެކްޓަރު، އަކްޝޭ ކުމާރަކީ އޭނާގެ ތަފާތު ސްޓައިލްގެ ސަބަބުން މީޑިއާތަކުގެ ފަލަ ސުރުޙީން ޖާގަ ހޯދަމުން އަންނަ މީހެކެވެ. މިގޮތުން ދާދިފަހުން އޭނާ އަޅުވައިގެން ހުރި ދަބަހެއް މިވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.
އަކްޝޭގެ މި ދަބަސް މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ އެކި ސަބަބުތަކާހެދިއެވެ. ކަޅު ކުލައިގެ އެލްއީޑީ މިދަބަހުގައި ޑްރެގަން ލޮލެއް އިނދެއެވެ. އަދި މިދަބަހުގެ އަގު އެއީ ގިނަބަޔަކަށް ހައިރާން ކަން ލިބިގެން ދިޔަ އަގެކެވެ. މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަބަހަކީ 35 ހާސް އިންޑިއަން ރުޕީސްގެ އަގުހުރި ދަބަހެކެވެ. އޭނާ ދަބަހަކީ ވޯޓާޕްރޫފް ދަބަހެއް ކަމަށާއި އެ ދަބަހުގައި ބިލްޓް-އިން ފުލް ކަލަރ ޑޮޓް މެޓްރިކްސް ސްކްރީނެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބްލޫޓޫތު މެދުވެރިކޮށް ސްމާޓްފޯނަކާ ގުޅާލެވޭނެ ފީޗާއެއްވެސް މި ދަބަހުގައި ވަނީ ހިމެނިފައެވެ.
ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ގުޑް ނިއުސް" ، "ހައުސްފުލް"، "ހޭރާ ޕޭރީ" ފަދަ ގިނަ ފިލްމްތައް ހިމެނެއެވެ.