Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑް-19، އޭސީ އިން ވެސް ފެތުރިދާނެ ކަމުގެ ބިރު

ހޮސްޕިޓަލެއްގެ އޭސީ އިން ކޮރޯނާ ވައިރަސް ފެނުމާއެކު، މި ވައިރަސް އޭސީ މެދުވެރިކޮށް ފެތުރިދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ސިންގަޕޫރުގެ ނޭޝަނަލް ސެންޓަރ ފޯ އިންފެކްޝަސް ޑިސީޒް ހޮސްޕިޓަލުގައި ކޮޓަރި ބޭނުން ކުރި ބައެއް މީހުންނަށް ކޮރޯނާ ވައިރަސް ވަނީ ޖެހިފައެވެ. މިތަނުން ވައިރަސް ޖެހުނު އެކަކު އޮތް ކޮޓަރީގެ އޭސީން ވައިހަރުގެ އެތިކޮޅު ކޮޅު ވަނީ ފެނިފައެވެ.

އިންޑިއާނާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް ޑްވިޔާ ބުނީ އެސީ ޔުނިޓުތަކުން 5000 ނެނޯމީޓަރު ޕާޓިކަލްސް ފިލްޓަރު ނުކޮށްދޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ކޮރޯނާ ވައިރަހުގެ ސައިޒު އަދި މިހާތަނަށް އެނގިފައި ނުވި ނަމަވެސް ކޮރޯނާ ވައިރަހާ އެއްގޮތް ސާޒް ވައިރަހުގެ ސައިޒަކީ 120 ނެނޯމީޓަރެވެ.

ޕްރޮފެސަރ ޖޭމްސް ބުނީ ކޮވިޑް-19 އާއި ސާޒް ވައިރަސް ސައިޒުން ގާތްގަނޑަކަށް އެއްވަރު ވާނެ ކަމަށާއި، އެހެންކަމުން ހޮސްޕިޓަލުގައި ވައިރަސް އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ދަތުރު ކޮށްފައިވަނީ އޭސީން ތެރެއިން ކަމަށެވެ.

އެއާލައިންތަކުން ބުނާ ގޮތުގައި މަތިންދާ ބޯޓުތަކުގައި ބޭނުން ކުރަނީ ފެން ތިކި ދަތުރު ނުކުރާ އޭސީ ކަމަށާއި އެހެންކަމުން އޭސީ މެދުވެރިކޮށް ބަލިޖެހުމުގެ ފުރުސަތެއް ނޯންނާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް