Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މަަޤާމުން ވަކިކުރަން 44 ސޮއި ހަމަކޮށްފި

ރައީސް ނަޝީދު މަަޤާމުން ވަކިކުރަން 44 ސޮއި ހަމަކޮށްފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރަން ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މިހާރު ތިބެނީ 56 މެމްބަރުންނެވެ. އޭގެ ތެރެއިން މިއަދުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަަމުގެ މައްސަލަަ މަޖިލީހަށް ވައްދަން ނިންމަން ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވީ 42 މެމްބަރުންނެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ފާސްވީ 36 މެމްބަރުންގެ ވޯޓާއިއެކުއެވެ.

Advertisement
Ooredoo — Truecaller (box)

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވާ 44 މެމްބަރުންގެ ސޮއި މިހާ އަވަހަށް ހަމަވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް