ޚަބަރު ސަރުކާރު

ބޮޑު އީދުގެ ކުރިން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ބޮޑު އީދުގެ ކުރިން އާންމު ކުރާނެކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

މިއަހަރުގެ ބޮޑު އީދަކީ މިހިނގާ ޖޫން މަހުގެ 28 ވާ ބުދަ ދުވަހެވެ. އެހެންކަމުން ކުރިއަށް މިއޮތް ތިން ހަފްތާގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ސަރުކާރުން އިއުލާން ކުރާނެ އެވެ.

މިކަމާއި ގުޅޭގޮތުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިތުރަށް ވިދާޅުވީ މި ދެ ޕްރޮގުރާމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަކްރަމް ވިދާޅުވީ ރައީސް ޞާލިހުވެސް މީގެ ކުރިން އިއުލާން ކުރެއްވި ގޮތަށް ލިސްޓު މިމަހުގެ ތެރޭގައި އާންމު ކުރާނެ އެވެ.

އޭނާ ބުނީ އީދު ބަންދުގެ ފަހުން އާންމު ކުރާނަމަ މިމަހު ލިސްޓު ނުނެރެވޭނެ ކަމަށެވެ. އެހެންކަމުން އީދުގެ ކުރިން ލިސްޓު އާންމު ކުރާނެކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ރައްޔިތުންނަށް ހުޅުމާލެއާއި، ގުޅިފަޅު އަދި މާލެ ކައިރި އެހެން ފަޅެއް ހިމެނޭހެން 5،000 ގޯތި ދޫކުރާނެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 4،000 ހައުސިންގް ޔުނިޓުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 2،000 ފްލެޓު އަންނަ ޖުލައި މަހަށް ނިންމައިލެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

Ads by Allied Insurance
  1. ޑިމޮކްރަސީ

    ލިސްޓް ޢާންމުކުރިއްޔާ ލިބޭނެތަ؟ މިދިޔަ ސަރުކާރުންވެސް ފޭސް2 އިން ވަރަށްގިނަ ބަޔަކަށް ފްލެޓް ލިބޭނެކަމުގެ ދަވްލަތުގެ ނިޝާންޖަހާފަ ހުރި ލިޔުންވެސް ލިބުނު އެކަމަކު ދެން މިއައި ސަރުކާރުން ފްލެޓް ލިޔުންދިން އެތައްބައެއްކަޓުވާލާ އެމީހުންބޭނުންބަޔަކަށް ފްލެޓްތައްބަހާލި މިއީ ކަންހިގާގޮތަކި މިހާރު ޕްރެކްޓިސްކުރަމުންދާ ގޮތަކީ ނެރެލާ ލިސްޓަކުން ދޭ ލިޔުމަކުން ކުރާނެ އެއްވެސް ފައިދާ އެއްނެތްކަން މިސަރުކާރުން ރައްޔިތުންނަށް ބުނެދީފަ އޮތީ