ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިިތުބާރުނެތްކަމަށް ހުށައެޅިި މައްސަލަ އެމަޖިލީހުގައި ކުރިއަށް ގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުންް ވިދާޅުވެއްޖެއެވެ.
54 މެމްބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އިއްޔެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ." މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވިއެވެ.
އެމްޑީޕީން ބުނިގޮތުގައި ރައީސް ނަަޝީދު ވަކިކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން، ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން، މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން ހިމެނެއެވެ.
މީގެ އިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން، އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުމާއި ވަކި ފަރާތަކަށް ޖެހިވަޑައިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން ވެސް ވަކިކުރަން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް އެޕާޓީން ވަނީ ބުނެފައެވެ.