ސަރުކާރު

ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ރައީސްގެ ތާއީދު އެބައޮތް: ސަރުކާރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ޞާލިޙްވަނީ އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި.. ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ތާއިދު އެބައޮތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާބެހޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ޕާރލިމެންޓަރީ ގުރޫޕުގެ މެޖޯރިޓީއާއެކުގައި ކަމަށާއި ނަޝީދު ވަކިކުރުމުގެ މަސައްލައިގައި އެމްޑީޕީގެ ޕީޖީގެ މެޖޯރިޓީން ނިންމާފައިވާ ނިންމުމަށް ރައީސްގެ ތާއީދު އޮންނާނެކަމަށެވެ.

މިއުވާން ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕުން ރައީސް އާއި މަޝްވަރާތައް ކުރައްވާކަމަށާއި ކަންކަން ކުރިއަށް ގެންދަނީ މަޝްވަރާތަކަށް ފަހުގައިކަމަށެވެ.

54 މެމްބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އިއްޔެއެވެ. އަދި ނަޝީދުގެ އިިތުބާރުނެތްކަމަށް ހުށައެޅިި މައްސަލަ އެމަޖިލީހުގައި ކުރިއަށް ގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުންް މިއަދު ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނިގޮތުގައި ރައީސް ނަަޝީދު ވަކިކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން، ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން، މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!