Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ކަންކަން ތަރުތީބު ވަނީ، ރައީީސްއަށް ދެވަނަ ދައުރެއް ލިބުން ފަސޭހަވާ ގޮތަށް: އިމްރާން

ކަންކަން ތަރުތީބު ވަނީ، ރައީީސްއަށް ދެވަނަ ދައުރެއް ލިބުން ފަސޭހަވާ ގޮތަށް: އިމްރާން

ކަންކަން ތަރުތީބުވެ ނިމެމުން ދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމަށް ފަސޭހަވާ ގޮތަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމުގައި  އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންކަން ތަރުތީބުވެ ނިމެމުން މިޕދަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަހިވެ ފަސޭހަވާ ގޮތަށްކަން އިންސާފުވެރި، ހަރު ބުއްދިން ވިސްނާ ކޮންމެ މީހަކަށް ފެންނާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިމްރާން މިހެން ވިދާޅުވީއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނާ އަރިސް ބޭފުޅުން ވަނީ އެ ޕާޓީ ދޫކުރައްވައިފައެވެ. އަދި "ދަ ޑިމޮކްރެޓްސް" އުފައްދަން މަސައްކަތް ފަށައިފައިވާއިރު، "ލާދީނީ" ޓެގް ލިބިފައިވާ ބަޔަކު އެ ޕާޓީން ވަކި ވުމަކީ ކާމިޔާބީއެއްގެ ގޮތުގައި، ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މިގޮތުން ޝެއިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކުރިއެރުމެކެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް