ޚަބަރު ސިޔާސީ

ވޯޓު ކުރިޔަކުން މާލޭ ރައްޔިތަކަށް ދެވޭނެ އެންމެ ގޯއްޗެއްވެސް ނޯންނާނެ: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި ސަރުކާރަކަށް ވޯޓު ލުމުގެ ކުރިން، މާލޭގެ ރައްޔިތަކަށް ދެވޭނެ އެންމެ ގޯއްޗެއްވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވައްޑޭ ވިދާޅުވީ ބަންޑާރަ ގޯއްޗަށް އެދިފައިތިބި 23088 މީހުންގެ ތެރެއިން ހާހެއްހާ މީހުން ފުރާނާލައިގެން ނެގީމާ ދެން ވާނެގޮތްވެސް ނިކަން ރަނގަޅަށް އެނގޭނެކަމަށެވެ.

"މި ސަރުކާރަކަށް ވޯޓު ކުރިޔަކުން މާލޭ ރައްޔިތަކަށް ދެވޭނެ އެންމެ ގޯއްޗެއްވެސް ނޯންނާނެ. ބަންޑާރަ ގޯއްޗަށް އެދިފައިތިބި 23088 މީހުންގެ ތެރެއިން ހާހެއްހާ މީހުން ފުރާނާލައިގެން ނެގީމާ ދެން ވާނެގޮތްވެސް ނިކަން ރަނގަޅަށް އެނގޭނެ." ވައްޑޭ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް ދޫކުރުމަށް ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. އަދި ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3،750،000 އަކަފޫޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!