ޚަބަރު

ކޮވިޑް-19: ކަރެކްޝަންސްގެ އޮފިސަރެއް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސުން މިއަދު ނެރުނު ބަޔާނެއްގޢި ބުނެފައިވަނީ މާލެ ޖަލުގެ އޮފިސަރެއް މިމަހުގެ ފަސްވަނަ ދުވަހު ކޮވިޑް-19 އަށް ފައްސި ވެފައިވާތީ އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ކަރެކްޝަންސުން ފައްސި ވެފައިވާ އޮފިސަރަކީ ގައިދީންނާ އެއްވެސް ކޮންޓެކްޓެއް ވެފައިވާ އޮފިސަރެއް ނޫންކަމަށާއި އެހެންނަމަވެސް އެކީގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ކޮންޓެކްޓް ވިކަމަށް ބެލެވޭ އޮފިސަރުން ވަނީ އެޗްޕީއޭގެ އިރުޝާދުގެ މަތިން ކަރަންޓީނު ކުރެވިފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އޭގެތެރެއިން ބައެއް އޮފިސަރުންގެ ކަރަންޓީނުގެ މުއްދަތު މިހާރު ވަނީ ނިމިފައި ކަމަށާއި ދެން ތިބި އޮފިސަރުން އަދި ކަރަންޓީނުގައި ތިބި ނަމަވެސް، އެމީހުންގެ ހާލު މޮނީޓަރ ކުރަމުންދާ ކަމަށް ވެސް ކަރެކްޝަންސުން ބުނެފައިވެއެވެ.

މިހާތަނަށް އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ކޮވިޑް-19 އަށް ފައްސިވެފައި ނުވާ ކަމަށްވެސް ކަރްކްޝަންސް އިން ފާހަގަކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!