ޚަބަރު އިޖުތިމާޢީ

"ރިކާޑޯ" އަޑިއަށް ދިޔުން، ރަށާއި މުޅި އަތޮޅަށް ލިބުނު ފޫނުބެއްދޭ ވަރު ގެއްލުމެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރިކާޑޯ އަޑިއަށް ގޮސްފައި/ފޮޓޯ ފޭސްބުކް އަލް ބައްޔިނަ

މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު ރިކާޑޯ އަކީ އާއްމުކޮށް މަހިބަދޫ އާއި ކައިރި ރަށް ރަށުގެ މުދާވެސް އުފުލާ ބޯޓެކެވެ.

Ads by Hajj Corporation

ޚާއްސަކޮށް މަހިބަދޫއާއި އެންމެ ގާތުގައި އޮންނަ އެއަތޮޅު އޮމަދޫ ރައްޔިތުންވެސް ގިނަ އަދަދެއްގެ މުދާ މި ބޯޓުން އުފުލައި ހަދައެވެ.

ރިކާޑޯ ރޭ ރޭ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވަނީ ހުރިހާ މުދަލާއެކުގައެވެ. އަދި ‘ރިކާޑޯ’ ފެނިފައި ވާތީ، އެ ދޯނި ނަގަން މަހިބަދޫ ދޯނިފަހަރު ވަނީ ދަތުރު ފަށައިފައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަކާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް ހެލްތް މިނިސްޓްރީން ހަވާލުކުރެއްވި އައިޓީ ސާމާުނުގެ ތެރެއިން އދ އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވި ސާމާނު، ރޭ އަޑިއަށް ދިޔަ ރިކާޑޯ ދޯންޏާއެކު އަޑިއަށް ގޮސްފައިވާއިރު، މިއީ މުޅި އަތޮޅަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

މީގެ އިތުރުންވެސް އެބޯޓުގައި ގިނަ އަދަދެއްގެ މުދާ ހުރި އިރު މިހާދިސާގެ ސަބަބުން އާއްމު ވިޔަފާރިވެރިންނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަައެވެ. އަދި މިހާދިސާގައި ލިބުނު ގެއްލުން އަދި ސާފުނުވެފައެވެ.

ފުލުހުން ރޭ ވިދާޅުވީ، އެ ދޯންޏަކީ މާލެއިން ފުރައިގެން އދ މަަހިބަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިބި ކަމަށެވެ.

އަދި އެ ދޯނީގެ ފަޅުވެރިން، މެރިން ޕޮލިސްގެ ލޯންޗަށް ނަގައި ސަލާމަތް ކޮށްފައި ވާއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by HDC
  1. ރަދީފްއޮފިޝިއަލް

    މިހާ ގަދަ އިރު ފުރައިގެން ދިޔައީ ކީއްކުރަން؟؟ ނުފުރިނަމަ ލިބޭނެ ގެއްލުން ރިކަވާކުރެވޭނެ. ގެއްލުނު ލިބުނު ފަރާތްތަކުގެ ހިތާމައިގަ ބައިވެރިވަން.

  2. ާއެނޮނިމަސް

    ބުރޯ ތި ނަމަ ލާގެން ރިހަ ކައްކާ
    ރަދީފްއޮފިޝިއަލް

  3. އަހަރެމެން ދިވެހީންގެ އެންމެ ބޮޑު މައްސަލައަކީ ތިމާ ވަރުގެ މޮޅު މީހަކު ނެތްކަމަށް ހީކުރުން. ކަނޑު ދަތުރު ނުކުރާށޭ ގަދަވާނެއޭ ގޮވަ ގޮވަ އޮށްވަ ހިކިފަސްތާ ތިބެފަ ކަނޑުމައްޗަށް މިއަރަނީ ކައްޕި ހީކުރަނީ ކީކޭބާއޭ އަހަރެން ހިތަށް އަރާ

    • ބަކުރު

      ކައްޕި ބްލޭމް ކޮއްލައިގެން ތިކަން ނިންމައެއް ނުލެވޭނެ ދޯ

  4. މުދަލަށް ގެއްލުން ލިބޭނެހެން ޢަމަލު ކުރުމަކީ ދެރަކަމެއް،މިހާގިނަ މުދާ ގެއްލި ދިއުމަކީ ވަރަށް ބޮޑު ހިތާމައެއް! ﷲ އަޅަމެނަށް ހިދާޔަތާއި ހެޔުވިސްނުމާއި ފާގަތިކަން ދެއްވާށި ހެޔުތައުފީޤް ކަންކަމުގައި މިންވަރު ކުރައްވާށި ! ޢާމީން