Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ބޮލީވުޑް

ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތަކުން މަސައްކަތަށް އަސަރެއް ނުކުރާނެ: ސަމްރާޓް

ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތަކުން މަސައްކަތަށް އަސަރެއް ނުކުރާނެ: ސަމްރާޓް

މަޝްހޫރު އެކްޓަރ ޕުލްކިތް ސަމްރާޓްއަކީ ބޮލީވުޑްގައި ނަން މަޝްހޫރު ތަރިއެކެވެ. އެކްޓު ކުރުމުގެ އިތުރުން ސަމްރާޓްއަކީ މޮޑެލް ވެސް ކުރާ މީހެކެވެ. ސަމްރާޓް ކްރިތީ ކަރްބަންޑާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 2 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަމްރާޓް ބުނީ ކްރީތީއާ ދިމާވީ ވެސް މަސައްކަތުގެ މާހައުލުން ކަމަށާއި، ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެ ދެމީހުންނަކީ ވެސް ދެ ރަހުމަތްތެރިން ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތަކުން މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަމްރާޓް ބުނީ ކްރިތީއަކީ އަބަދުވެސް ވަރަށް “ޕްރޮފެޝަނަލް” ކޮށް މަސައްކަތް ކުރާ މީހެއް ކަމަށާއި ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް މަސައްކަތުގެ މާހައުލުން ނުފެންނާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ސަމްރާޓް ބުނީ އެ ދެމީހުންނަކީ ވެސް ވަރަށް އަޒުމް ވަރުގަދަ ދެމީހުން ކަމަށާއި އެ ދެމީހުން ވެސް މިހާރު ތިބީ މަސައްކަތަށް ބޮޑަށް ސަމާލުކަންދީގެން ކުރިޔަށްދާން ބޭނުންވެފައި ކަމަށެވެ. އަދި އެގޮތަށް އަމަލު ބެހެއްޓުމުން ދެމީހުން ދޭތެރޭގައި ޖެހޭ މައްސަލަތައް މަދު ކަމަށާއި އެ ގުޅުން ވަރުގަދަ ކަމަށް ވެސް ސަމްރާޓް ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް