ޚަބަރު ސިޔާސީ

55 ދުވަސްފަހުން ރައީސް ޞާލިހަކީ ހަމައެކަނި ފޮޓޯ ގަނޑެއް: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފޮޓޯ ދެން އިމޭޖަސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އިތުރު ދައުރެއް ލިބޭނެ އެއްވެސް ގޮތެއްނެތް ކަމަށާއި 55 ދުވަސްފަހުން އެމަނިކުފާނަކީ ހަމައެކަނި ފޮޓޯ ގަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވައްޑޭ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގެ ސާޅީހަކަށް ޕަސެންޓާގާތަށް ޕީޕީއެމް އިން ވޯޓު ހޯދާނެކަމަށާއި ޑިމޮކްރެޓުން ތިރީހަށްވުރެ ގިނަ ޕަސެންޓް ވޯޓު ނަގާނެ ކަމަށެވެ.

"ގައިމުވެސް ޕީޕީއެމުން ސާޅީހަކަށް ޕަސެންޓާ ގާތަށް ވޯޓު ނަގާނެ. ޑިމޮކްރެޓުން ތިރީހަށްވުރެ ގިނަ ޕަސެންޓް ވޯޓު ނަގާނެ. ޖޭޕީވެސް އެމްއެންޕީވެސް ކޮންމެވެސް ވަރެއްގެ ވޯޓެއް ނަގާނެ. ރ.ސޯލިހަށް އިތުރު ދައުރެއް ނެގިދާނެ ހަމަ އެއްގޮތެއްވެސް ނެތް. 55 ދުވަސްފަހުން އެއީ ހަމައެކަނި ފޮޓޯގަނޑެއް" ވައްޑޭ ވިދާޅުވިއެވެ.

ރައީސް ޞާލިހް އަންނަ ރިޔާސީ އިންތިހާބަށް ނުކުމެ ވަޑައިގަންނަވަނީ އެންމެބޮޑު ކޯލިޝަނާއެކުގައި ކަމަށާއި އިންތިހާބުގެ ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

Ads by Allied Insurance
  1. 55 ދުވަހުން ވައްޑެ ވެދާނެ ރ.ފައިނު ގޮޑުދޮށުން ބަރަވެލި ހޮވާ މީހަކަށް.

  2. ތި މިހާރުވެސް އަނގަފިނދެއް އޭރުވިސް

  3. ފޮޓޯގަނޑު ކުރިމަތީ ބަހައްޓައިގެން ކަލޭމެންތިތިބީ. މިރާއްޖޭގެ ރައްޔިތުން އެސޮހޮލަށް ދެން ވޯޓެއް ނުދޭނެ.