ޚަބަރު ސިޔާސީ

ރައީސް ޞާލިޙުގެ ހަމައެކަނި ސިޔާސަތަކީ ވަޢުދު ފުއްދަން، އިތުރު ދައުރަކަށް އެދުން: ވައްޑޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހަމައެކަނި ސިޔާސަތަކީ މި ދައުރުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް، ވެރިކަމުގެ އިތުރު ދައުރަކަށް އެދިވަޑައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޞާލިޙު ވާހަކަފުޅު ދައްކަވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ވައްޑޭ ވިދާޅުވީ، ‏5 އަހަރުގެ ދައުރެއް ތެރޭ ކޮށް ނިންމަން ވަޢުދުވީ ކަންކަން ކުރަން އިތުރު 5 އަހަރުގެ ދައުރަކަށް އެދުން ފިޔަވައި އެހެން ސިޔާސަތެއް، ތަސައްވުރެއް ވެސް ނެތް ކަމުގައެވެ.

ވައްޑޭ މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށްޓަކައި، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ޞާލިޙު ގެންދަވަނީ ވިދާޅުވަމުންނެވެ.

  1. ހައްޕުނޑު

    ވައްޑޭ ހާދަ ހަސަދަ އެކޭ ތިބާލަނި، ތިއައްވުރެ މައިތިރިކޮށް އުޅެން ވެއްޖެ ނޫންތޯ މިހާރު