ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިނިސްޓަރ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޑީއާރުޕީގައި ހުންނެވުމަށް ފަހު އޭރު އެމްޑީޕީ ގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މޭ 5، 2014 ގައެވެ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގަތީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ.
މައުސޫމްގެ އިތުރުން، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ އެމްޑީޕީ އަށް އަލުން ސޮއިކުރައްވައިފައެވެ.
Ads by HDC