ޚަބަރު ސިޔާސީ

ރައްޔިތުންނަށް އިންޒާރުދޭ ގޮތަށް ދައްކާ ވާހަކަތަކާމެދު ސަމާލުވާންޖެހޭ: ވައްޑޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންނަށް އިންޒާރުދޭ ގޮތަށް ދައްކާ ވާހަކަތަކާމެދު ސަމާލުވާންޖެހޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މި ފަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށާއި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވުމާއި ގުޅިގެން ވައްޑެ ވިދާޅުވީ ހިނގަމުންދާ ސަރުކާރަށް ހަތަރުބައިކުޅަ އެއްބައި ރައްޔިތުންގެ ތާއީދުވެސް ނެތްކަން ހާމަވާ ކަމަށެވެ.

ވައްޑެ ވިދާޅުވީ ބަލިވާނެކަން ޔަގީންވުމުން ރައްޔިތުންނަށް އިންޒާރުދޭ ބާވަތަށް މިދައްކާ ވާހަކަތަކާމެދު ސަލާމަތީ ބާރުތަކުން ސަމާލުވާންޖެހޭ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ދިވެހި ސިފައިންނާ ފުލުހުންގެ މަސްދަރުތަކަށް މިހާރު ސާފުވާނެ، ހިނގަމުންދާ ސަރުކާރަށް ހަތަރުބައިކުޅަ އެއްބައި ރައްޔިތުންގެ ތާއީދުވެސް ނެތްކަން. ބަލިވާނެކަން ޔަގީންވުމުން ރައްޔިތުންނަށް އިންޒާރުދޭ ބާވަތަށް މިދައްކާ ވާހަކަތަކާމެދު ސަލާމަތީ ބާރުތަކުން ސަމާލުވާންޖެހޭ" ވައްޑޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ތ. ކިނބިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

  1. ދޮށީބޭ

    އެމްޑީޕީއަށް،ކާމިޔާބުނުވެއްޖެއްޔާ ކުރިންހެދިހެން ގައުމުގަ ހުޅުޖަހާނެ ވާހަކަ ރައީސް އެވިދާޅުވީ! ފެބްރުއަރީ 7 ގެހަނދާން އާކޮށްލަދިނީ!ވަރަށް ނުރައްކާތެރި އިންޒާރެއް؟؟؟

  2. ވަހީދު

    ވަހީދ މައިކާލޯއައ ނިކެ