Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ މި ސަރުކާރުން: ރައީސް ޞާލިޙް

ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ މި ސަރުކާރުން: ރައީސް ޞާލިޙް

ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށްދާ "އުފާރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިރޭ ފެންނަ މަންޒަރުތަކުން ރައްޔިތުން ނިންމާފައިވާގޮތް އެނގިލައްވާކަމަށެވެ.

އަދި ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށާއި މާލޭގެ 19،000 ރައްޔިތުންނަށް ބިން ކަނޑައި، ބިން ވަކިކޮށް ގޯތި ދީފައި ވަނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“13،000 ރައްޔިތުންނަށް ފްލެޓް ކަށަވަރުކޮށްދެވިއްޖެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކޮށް ނިންމާލާނީ މާލޭގެ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެންނަށް އެކަމުގެ ހައްލު ހޯދައި ދީފަ” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް