ޚަބަރު ސިޔާސީ

އުޝާމް ރައީސް ޞާލިޙަށް: ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ކުރީގެ ސަރުކާރުތަކުން ހަދާފަހުރި ރިޕޯޓްތައްވެސް ވީތަނެއް ނޭނގޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ކުރީގެ ސަރުކާރުތަކުން ހަދާފަހުރި މުހިންމު ރިޕޯޓްތައްވެސް ވީތަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޭނގޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުޝާމް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ބަދަލުވި ގޮތާއި ގުޅޭ ގޮތުން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ފެންނަން ނެތް ކަމަށާއި އެކަން ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

ރިޔާސީ އިންތިހާބަށް ހދ. ނޭކުރެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އުޝާމް ވިދާޅުވީ ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް ކަމަށާއި ވެރިކަމަށް އައީ ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ހޯދާ، އެމްއެމްޕީއާރްސީ ހިޔާނާތުން ގެއްލުނު ފައިސާ ރައްޔިތުންނަށް ހޯދާ ދިނުމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު މިއިން އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން ހަދާފަހުރި މުހިންމު ރިޕޯޓްތައްވެސް މިހާރު ވީތަނެއް ނޭނގޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

Ads by Ooredoo
  1. އެވަރުގެމީހަކު ަހައްޓާކަން.ނުވާނެނު.ވެރިކަމުގާ ހުރިހާލިޔެކިއުންތައް ެދް އިންޑިޔާއަޒްދިނީތަ މިހާރުވެސްމާލަސްވެއްޖެ ވެރިކަމުގާހުރުން

  2. ބައިކުޅަަ

    ތިވާނީީ ރިޕޯޓްް އެއީީ ކޮންއެއްޗެއްކަންވެސްް ނޭގިި އެއްލާލެވުނީކަމައްް އެއީީ އިބޫގެެ ހާލުު އަދިވެސްއެވަރުުގެެ ގަމާރަކައްް ވެރިކަންް ހަމަަ ދޭންޖެހޭތަަ ލިޔެއޮންނަަ އެއްޗެއްވެސްް ނޭގޭޭ އަޅެއަމިއްލަޔައްވެސްް އިސްތިއުފާާ ދޭންޖެހޭޭ ދޯޯ