Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ފްރާންސްގައި ވައިރަސް އިން ސަލާމަތްވާން ކަމަށް ބުނެ ކޮކެއިން ބޭނުން ކުރަނީ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ކޮކެއިން ބޭނުން ކުރާ މައްސަލަތައް އިތުރުވާން ފަށައިިފިއެވެ. އެއާއެކު ފްރާންސް ސަރުކާރުން ވަނީ ކޮކެއިން އިން ކޮރޯނާ ވައިރަސް އަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ރައްޔިތުންނަށް ކިޔައިދީ ހޭލުންތެރިކަން އިތުރު ކުރަން ފަށާފައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކަމަށް ބުނެ އެކި އެކި ދޮގު ހަބަރުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ފަތުރަމުންނެވެ. އެގޮތުން ބަނގުރާ ބުއިމުން ރަނގަޅުވާ ކަމާއި ހަންގަނޑުގައި ކްލޮރިން ނުވަތަ ރަބިން އަލްކޮހޯލް އުނގުޅުމުން ވައިރަސް މަރުވާ ކަމަށް ބުނާ ދޮގު ވާހަކަތަކެއް ވެސް ފެތުރިއެ ވެ.

ދާދި ފަހުން އިރާނުގައި ވެސް ވައިރަހުން ސަލާމަތްވާން ކަމަށް ބުނެ ބަނގުރާ ބުއި 44 މީހެއް ވަނީ މަރުވެފައެވެ.

Advertisement
Ooredoo — Square (box)

މިފަދަ އެކި ވާހަކަތައް އެކި މީޑިއާތަކުން ފަތުރަމުންދާއިރު ޑަބްލިޔުއެޗްއޯ އިން ވަނީ މިފަދަ ޚަބަރުތަކަށް ސަމާލުވުމަށް އެދިފައެވެ. ޑަބްލިޔުއެޗްއޯ އިން މައުލޫމާތު ދޭ ގޮތުގައި ވައިރަހުން ރައްކާތެރި ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ސައިބޯނި ލައިގެން އަތް ދޮވުމެވެ. ނުވަތަ ސެނިޓައިޒާ އެއް ބޭނުން ކުރުމެވެ.

ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުން 121،366 މީހުން ރިޕޯޓުކުރެވިފައިވާއިރު ބަލި ޖެހުނު 66912 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮރޯނާ ވައިރަސް ޖެހި ބަލީގެ ނުރައްކާ ބޮޑުވެ މަރުވެފައިވަނީ 4381 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުން ގެ އެންމެ 3.6 އިންސައްތައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް