ޚަބަރު ސިޔާސީ

އެމްޑީޕީއާވެސް ގުޅެވިދާނެ، އެކަމަކު ކޮރަޕްޝަން ނައްތާލަން ޖެހޭނެ: އިލްޔާސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާވެސް ކޯލިޝަން ހެދިދާނެކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ އެ ޕާޓީން ކޮރަޕްޝަން ނައްތާލައިގެންކަމަށް ދަ ދިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިލްޔާސް މިހެން ވިދާޅުވީ އެ ޕާޓީގެ އޮފީސް ހުންނަ ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ އެ ޕާޓީގެ ކެންޕެއިނުގައި ހަރަކާތްތެރިވި މީހުންނަށާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި މީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"އެމްޑީޕީއާ ވެސް ގުޅިދާނެ، އެކަމަކު ކޮރަޕްޝަން ނައްތާލަން ޖެހޭނެ" އިލްޔާސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް އެއް ބުރުން ކާމިޔާބުކުރެވިފައި ނުވާތީ، ދެވަނަ ބުރެއްގައި ޕީޕީއެމް/ޕީއެންސީ އާއެކު ނުވަތަ އެމްޑީޕީ އާއެކު ކޯލިޝަން ހަދާފާނެތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ އަދި އެއްވެސް ޕާޓީއަކާ ގުޅުމަށް މަޝްވަރާކުރެވިފައިނުވާކަމަށާއި ނަމަވެސް އަދި އެ ދޮރު ބަންދުވެފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފައެއް ނެތް ވަކި ބަޔަކާ ވާހަކަދައްކަން ވެސް، ނުދައްކަން ވެސް ނިންމާފައެއް ނެތް" އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ދެވަނަ ބުރެއްގައި އިތުރު ޕާޓީއަކާ ގުޅޭނެތޯ ވަރަށް ގިނަ ރައްޔިތުން ސުވާލުކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެ ޕާޓީން ކަންތައް ކުރަންވީ ކިހިނެތްތޯ ރައްޔިތުންނާ ސުވާލު ކުރައްވާކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އެ ރައްޔިތުންގެ ޖަވާބު އަޅުގަނޑުމެންނަށް ވަރަށް ސާފު" އެއްވެސް ތަފްޞީލެއް ދެއްވުމެއް ނެތި އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެ ޕާޓީން އެއްވެސް ޕާޓީއަކާ ގުޅެން ނިންމާއިރު އިސްކަމެއް ދޭނީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތްތައް ހޯދުމަށާއި އެ ޕާޓީން ޤަބޫލުކުރާ ކަންތައްތަކަށް އެއްބަސްވުމަށެވެ.

"އަޅުގަނޑުމެން ބަޔަކާ ވާހަކަދައްކާއިރު، އަޅުގަނޑުމެން އިސްކަން ދޭނީ އަޅުގަނޑުމެން ޤަބޫލުކުރާ، ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތްތައް ހޯދުމަށް، އަޅުގަނޑުމެން ޤަބޫލުކުރާ ކަންތައްތަކަށް އެއްބަސްވާން"

އިލްޔާސް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޚާރިޖީ ސިޔާސަތަކީ ޑިމޮކްރެޓްސްގެ ވިސްނުންތަކާ ފުށުއަރާ ސިޔާސަތެއްކަމަށާއި ހަމަ އެއާއެކު އެމްޑީޕީގެ ކޮރަޕްޝަން މައްސަލަތަކަކީވެސް އެޕާޓީގެ އުޞޫލުތަކާއި ޚިލާފަށް ހިނގާ ކަންތައްތަކެއްކަމަށެވެ.

"އެމްޑީޕީއާ ވެސް ގުޅިދާނެ، އެކަމަކު ކޮރަޕްޝަން ނައްތާލަން ޖެހޭނެ" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ވަކި ޕާޓީއަކާއެއްކޮށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު އަންގަވާފައިނުވާކަމަށާއި، އެހެންކަމުން ދެވަނަ ބުރުގައި ވަކި ޕާޓީއަކާއެކު ކުރިއަށް ދިއުމަށް ނިންމައިފިނަމަ އެއީ މުޅި ޕާޓީގެ ނިންމުމެއްކަމަށެވެ.

Ads by Ooredoo
  1. ނުރަބޯ

    ސިއްރު ސިއްރުން މިސޮރު ޖީބަށް ލާރި އޮއްސާލީ ތޯއްޗެ. ބަލަ ކަލޭމެންގެ ޢާއްމު މެންބަރުން ތިޔަކަމާ އިދިކޮޅު ކަމެއް ނޭނގޭތަ….؟

  2. ބޭއާދަނު

    ކަލޯމެން އުޅެނީ ޛިބު ބޮޑުކުރަން. ގައުމަށް ފައިދާވާގޮތެއް ހޯދާކަށްނޫން. ތިމާއަށް ފައިދާ ވާގޮތް ބަލަން.ތިމާ އަށް ތިމާ ފެނިއްޖެނަމަ މުޅިން ގޯސްވީ. އެގޮތް ތިހުރީވެފަ.މާބޮޑަށްވެސް.