ދެވަނަ ދައުރެއް ދޭން ބުނާއިރު, ފުރަތަމަ ދައުރުގެ ވައުދުތައް އަދިވެސް ނުފުއްދޭ: މުއިއްޒު

އަދުގެ ސަރުކާރު ވެރިކަމަށް އައިސް 5 އަހަރު ވާއިރުވެސް، އެންމެ ފުރަތަމަ ކުރަން ބުނި ކަންތައްތައްވެސް ވެސް ނުވިކަމަށާއި، ވާނެކަމަށް ބުނި ކަންތައްތަކާއި ފަށާފައިހުރި ކަންތައްތައްވެސް ނުނިމޭކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޑރ. މުއިއްޒު މިހާރު ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހއ. ފިއްލަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަދުގެ ސަރުކާރުން ވެރިކަމަށް އައިސް ކުރަން ބުނި އެތަކެއްކަމެއް ނުކޮށް، 5 އަހަރު ވަންދެން ފަސްއަޅަމުން އައިސް، މިހާރު ދައްކަނީ ކުރިއަށް އޮތް 5 އަހަރު ކުރާނެ ކަންތައްތަކުގެ ވާހަކަކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އަންނަނީ ތެދުވެރި އިޚްލާސްތެރިކަމާއެކުގައި ކަމަށާއި، ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާ ކޮންމެ ކަމެއް ކޮށްދެއްވާނެކަމަށެވެ. އަދި ރަށްރަށަށް ކޮށްދެއްވާނެކަމަށް ބުނާ ކަންތައްތަކަކީ އެރަށްރަށަށް ވަރަށް މުހިއްމު ކަންތައްތަކެއްކަން އެމަނިކުފާނު ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
[caption id="attachment_197429" align="alignnone" width="1024"]<img class="wp-image-197429 size-large" src="https://cdn.dhen.mv/wp-content/uploads/2023/09/F6IbiL9aMAAg98u-1024x681.webp" alt="" width="1024" height="681" /> ޑރ. މުއިއްޒު ހއ. ފިއްލަދޫއަށް ވަޑައިގެން އެރަށުގެ ބައެއް ރައްޔިތުންނާ ސަލާންކުރައްވަނީ، ފޮޓޯ: ޕީޕީއެމް[/caption]
"އަޅުގަނޑުމެންގެވެސް ޓީމެއް އެބައޮތް، ރައީސް ޔާމިންގެ ވެރިކަމުގައި އެކިއެކި މަޤާމްތަކުގައި ތިއްބެވި ވަރަށް ގިނަ ތަޖުރިބާކާރު ބޭފުޅުން އަދިވެސް އެބަތިއްބެވި އަޅުގަނޑުމެންނާއެކީގައި، އަދި އިތުރު ބޭފުޅުންވެސް އެބަތިއްބެވި، އަދި ޖޮއިން ވެސް ކުރައްވާނެ"
"އެހެންކަމުން އިޤްތިޞާދީ ވިސްނުމުގަ ކަންކަން ކުރާނެ ގޮތް، ޓެކްނިކަލީ ހަމަ އޮންނަ ގޮތަށް، ދިރާސާކުރެވިގެން، ސްޓެޕް ބައި ސްޓެޕް ކަންކަން ކުރާނެ ގޮތް މިވަނީ ތައްޔާރުކުރެވިފައި" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރަށްރަށުގައި އިންފްރާސްޓްރަކްޗަރ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ، އެކަމަށް ޚާއްސަ ޕްރޮގްރާމެއްގެ ދަށުންކަމަށެވެ.







ކޮމެންޓް