ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާ މީހުންނަށް ، އާންމުކޮށް ނުފެންނަ ބައްޔެއް ޖެހެނީ

ފައިޒާ/ބައޯއެންޓެކްއާއި މޮޑާނާއިން އުފައްދައިފައިވާ ކޮވިޑް-19ގެ ދިފާޢީ ވެކްސިން ޖަހާ މީހުންނަށް ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ހިތުގެ އިންފްލެމޭޝަން މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެފްޑީއޭ)އިން ހާމަކޮށްފިއެވެ.
އެފްޑީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގައުމުތަކެއްގައި މިހާރުވެސް ޖަހަމުންދާ ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާ މީހުންނަށް މި މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ.އެފްޑީއޭއިން އާއްމުކޮށްފައިވާ ގޮތުގައި ވެކްސިން ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިންނާއި ހަރު އުމުރުގެ މީހުންނަށް ވެސް މިބަލި ޖެހިފައިވެއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ޖަހާ މީހުންނަށް މަޔޯކާޑިޓިސް އަދި ޕެރިކާޑިޓިސް ބަލި ޖެހޭކަން ފާހަގަވެއެވެ. މަޔޯކާޑިޓިސްއަކީ ހިތުގެ މަސްގަނޑުގެ ވަރު ދެރަކޮށްލާ ބައްޔެކެވެ. އަދި ޕެރިކާޑިޓިސްއަކީ ހިތުގެ ވަށައިގެން އިންނަ ފަށަލައިގެ ވަރު ދެރަކޮށްލާ ބައްޔެކެވެ.
އިންފްލެމޭޝަންއަކީ ހަލާކުވެފައިވާ ސެލްތަކުން ދޫކުރާ ކެމިކަލް އެލާމް ސިގްނަލްތަކެއްގެ ސަބަބުން އެ ހިސާބަކަށް އިމިއުން ސެލްތައް ޖަމާވުމުން ދިމާވާ މައްސަލަތަކެވެ. މިގޮތަށް ދިމާވުމުން ކުދި ލޭނާރުތައް ފުޅާވެ، އެތަނަށް ވައިޓް ބްލަޑް ސެލް، ނިއުޓްރިއަންސް ޖަމާވެއެވެ. އަދި އެ ގުނަވަނުން ކުރަން ޖެހޭ ދައުރު އަދާ ކުރުމަށް ދަތިތަކާ ކުރިމަތި ކުރުވައެވެ.



ކޮމެންޓް