ޚަބަރު

ކޮވިޑް-19: ގަމުން ކުއްޖަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ލާމު ގަން

ލ.ގަމުން ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

Ads by Hajj Corporation

ގަން ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މާލެއިން ގަމަށް ހޯމް ކަރަންޓީންގައި ހުރި ކުއްޖެއްގެ ސާމްޕަލް ވަނީ ފައްސިވެފައެވެ. މި ކުއްޖާ ފައްސިވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނު ނިމުމަށްފަހު ހެދި ކޮވިޑު ޓެސްޓުންނެވެ.

މި ކުއްޖާ ފައްސިވުމާ ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ކުރަމުން އަންނަ ކަމުގައި ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއީ ލ.ގަމުން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 6،660 މީހުން ވަނީ ފައްސި ވެފައެވެ. އިއްޔެ މިބައްޔަށް 96 މީހުން ފައްސިވެފައިވާއިރު އޭގެތެރޭގައި 64 މީހުންނާއި 26 ބަންގްލަދޭޝް ރައްޔިތުން އަދި ހަތަރު ޝްރީ ލަންކާ ރައްޔިތުންނާއި އިންޑިއާ ރައްޔިތަކާއި ނޭޕާލް ރައްޔިތެއްވެސް ހިމެނެއެވެ.

އިއްޔެގެ ކޮވިޑް ޑޭޓާއަށް ބަލާލާއިރު 10 ރިސޯޓެއްގައި ފައްސިވީ މީހުން އެބަތިބި ކަމަށާއި އޭގެތެރޭގައި ހަތަރު ފަތުރުވެރިއަކާއި 13 މުވައްޒަފެއް ވެސް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!