ޚަބަރު އިޖުތިމާޢީ

ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން: މިނިސްޓަރު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް އަމީނިއްޔާގައި ބޭއްވި އެސަމްބްލީގެ ތެރެއިން، ފޮޓޯ: ޚަބަރު އޮންލައިން

ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ދެއްވި ޙިތާބުގައި އެކަމަނާ ވިދާޅުވީ ރާއްޖެ ހިމެނޭހެން އެކި ޤައުމުތަކަށް ދިމާވެފައިވަނީ މައިގަނޑު ދެ މައްސަލައެއްކަމަށް ޔުނައިޓަޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ފާހަގަކުރައްވާފައިވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ މޮޅެތި ދަރިވަރުން ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ނުދިއުމެވެ. ޓީޗިން ދާއިރާއަށް ކުދިންގެ ޝައުގުވެރިކަން ނެތެމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ދެވަނަ އަށް ޔުނެސްކޯއިން ފާހަގަކުރައްވާފައިވަނީ ތަޢުލީމީ ދާއިރާގައި ފިރިހެނުންގެ އަދަދު މަދުވުމެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓީޗަރުންގެ ތެރެއިން 75 އިންސަތަ އަކީ އަންހެނުންކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

"ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން. ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 ޕަސެންޓަކީ ބިދޭސީން. މި ހިސާބުތަކުން ދައްކައިދެނީ، ތަޢުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުސަތުތައް" މިނިސްޓަރު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ޔުނެސްކޯއިން ވަނީ ހަތްކަމެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައާއި އިނާޔަތްތައް ދިނުމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ހުރިހާ ޓީޗަރުންގެ މުސާރަށް ރަނގަޅު ބަދަލެއް ގެނެސްދެއްވައި، 65 އިންސަތައަށް ބޮޑުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ ޓީޗިން ކިޔަވާ ކުދިންގެ ކޯސް ފީގެ އިތުރުން، ޓީޗިން ހަދާ ދަރިވަރުންނަށް އެލަވަންސެއް ދިނުމަށާއި، އެ ދާއިރާއަށް ވަންނަ ޓީޗަރުންގެ ތަޢުލީމަށްދޭ ސަމާލުކަން އިތުރުކުރުމަށް ހުށަހަޅާފައެވެ.

"ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން. ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 ޕަސެންޓަކީ ބިދޭސީން. މި ހިސާބުތަކުން ދައްކައިދެނީ، ތަޢުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުސަތުތައް"

ހަމަ މިއާއެކު، ޓިޗަރުން މަސައްކަތަށް ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، ކިޔަވައިދިނުމަށް ޓީޗަރުން ހުސްވާގޮތަށް އިދާރީ މަސައްކަތްތައް މަދުކުރުމަށާއި، ސްކޫލްތަކުގެ ވެރިން އަދި ސްކޫލް ހިންގާ ފަރާތްތަކުން ޓީޗަރުންގެ މަސައްކަތް ބަލައިގަނެ، އެމީހުންނަށް ވާގިވެރިވުމަކީވެސް މުހިންމު ކަންތައްތަކެއްކަމަށާއި، މި ކަންތައްތަކަށް އިސްކަންދެވިއްޖެނަމަ، ތަޢުލީމީ ދާއިރާގެ ގިނަ މައްސަލަތަކެއް ޙައްލު ކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކީ އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައި އަދި މިއަދު ވެސް ދެމުންގެންދާ މަސައްކަތް. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިއުކޭޝަން ތައާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތައާރަފުކުރުމުގެ ބޭނުމަކީ މިއީ. މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް [ލޭމްޕް] ގެ އަމާޒަކީ ވެސް ހަމަ މިއީ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ހަގީގީ މާނައިގައި ލިޔަން ކިޔަން ދަންނަ، ހަގީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ޤައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން." އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިއްޔެ ކިޔަވައިދިން ގޮތަށް މިއަދު ކިޔަވައިދީގެން 21 ޤަރުނުގެ އުފެއްދުންތެރިކަމާ ކުރިމަތިލެވޭކަށް ނެތްކަމަށެވެ.

އަދި ކުރިއަރާފައިވާ ޤައުމުތަކުގެ ތަޢުލީމީ ނިޒާމުގައި ހުޅުވާލެވިފައިވާ ފަހި ފުރުސަތުތަކުގެ ބޭނުންހިފައި، ރާއްޖޭގެ ތަޢުލީމީ މަންޙަޖުގެ ތެރެއިން އެކަންކަމަށް ދަރިވަރުން ތަމްރީނުކޮށް، ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުން ލޯ ހުޅުވަންޖެހޭކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ހުރިހާޓީޗަރުންގެމުސާރަބޮޑެއްނުވޭ. ވަޒީފާގަތިބެ ޑިގްރީހެދި ޓީޗަރުންގެ މުސާރައަދިވެސް ބޮޑުނުވޭ. ކޮބާހަމަހަމަ ކަމާއި އިންސާފަކީ. ޑިގުރީނިންމިތާ ދެއަހަރުމިވަނީ އަދިބެސް ލިބެނީ ކުރީގަވެސް ލިބޭ ކުޑަމުސާރަ. އަހަރެމެންވެސް ކުރަނީހަމަ އެއްމަސައްކަތެއް. އެއްވެސްއިންސާފެއްނެތް