ޚަބަރު ސަރުކާރު

އިންތީޚާބީ ރައީސް ޑރ. މުޢިއްޒުގެ އެދިލެއްވީ ސައުދީއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސަޢުދީޢަރަބިއްޔާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ. ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫޢުތަކަށް ޑރ. މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެހެންމެ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް ޑރ. މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސަޢުދީ ޢަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

Ads by Allied Insurance
  1. ނިކުންނާށޭ

    މުއިއްޒު އޮފީހުން ދޯ ތިޔާ ހުރިހާ ވާހަކަ އެއް ދައްކަނީ މުއިއްޒު އޮފީސް އެއީ އިންޑިއާ އެމްބަސޭގެ ތަރުޖަމާނުތޭ އިންޑިއާ އެމްބަސޭ އޭ އޭނާ ބުނަން ޖެހޭނެ އެއްޗެއް ބުނަން ޖެހޭނީ މަމެން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރާނަމޭ އިންޑިއާ އެމްބަސޭ ބުންނޭ ކިޔައިގެން މިހާރު މުއިއްޒު އޮފީހުން ޖައްސާ ގޭމް އެއީ މަމެން ޤަބޫލު ކުރާނޭ ކަމެއް ނޫނޭ ސީދާ ސީދަލަށް އިންޑިއާ އެމްބަސޭ އަށް ސިޓީ އެއް ފޮނުވާށޭ ނޮވެމްބަރު 11 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ބާލާ ބާލާ މުއިއްޒު ހަދަނީ އިންޑިއާ ސިފައިން ބާލަންވުމުން ރައްޔިތުންނަށް ދޮގޭ އޭނާ އަކީ އެއީ ޕީޕީއެމް އާއި ބެހޭ މީހެއް ވެސް ނޫނޭ އޭނާ އަށް ނޭގޭނެއޭ އިންޑިއާ ސިފައިން ބާލަންވުމުން އިންޑިއާ ސިފައިން ބާލަން ޕީޕީއެމް ލަޝްކަރު މަގުމައްޗަށް ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ ނިކުންނާންވީއޭ

  2. ދިވެހިންގެ ރާއްޖޭގެ ރައީސު ޑރ މުހައްމަދު މުޢީޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު الامير محمد بن سلمان بن عبد العزيز حفظهما الله ކޮންމެހެންވެސް ގެންނަން ޖެހޭނެ !

  3. ދިވެހިރާއްޖޭގެ ސަތޭކައަށް ވުރެ ގިނަ ޢިލްމުވެރިން އިންޑޯސް ކުރައްވާފައިވާ ދިވެހިންގެ ރާއްޖޭގެ ރައީސު ޑރ މުހައްމަދު މުޢީޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު الامير محمد بن سلمان بن عبد العزيز حفظهما الله ކޮންމެހެންވެސް ގެންނަން ޖެހޭނެ ! އެއީ ދިވެހިން އުފާވާނެ ކަމެކޭ !

  4. އިސްތިއުފާއޭ

    މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ މޮދީ އިސްތިއުފާ މުއިއްޒު އިސްތިއުފާ