ޚަބަރު ވިޔަފާރި

ފައިތިލަ ފަޅައިގެން ދިޔުމުގެ މައްސަލަ ކުރިމަތިވާ ބޭފުޅުންނަށް އޮތް ހައްލަކީ ފޯއެވާ ފުޓްކްރީމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފައިތިލަ ފަޅައިގެން ދިއުމުގެ މައްސަލައަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެވޭނުގައި އުޅޭ މީހަކަށް ނޫނީ އެކަމުގެ އިހުސާސް ނޭނގޭނެ އެވެ. ހިރަފުހުގައި ގިނައިރު އުޅެވި، މާބޮޑަށް ފައިން ފެން ދަމާލާއިރު އެކަށީގެންވާ ވަރަށް ފައި މޮއިސްޗުރައިޒް ނުކުރެވުމުން ފައި ފަޅައިގެން ދެ އެވެ.

Ads by STELCO

މޫސުމަށް އަންނަ ބަދަލާއެކު ވެސް ފައި ފަޅައިގެން ދިއުމުގެ މައްސަލަ ބޮޑުވެ އެވެ. ބައެއް މީހުންގެ ފުންނާބު ފަޅައިގެން ގޮސް ލޭ އައިސް އަދި ފަޅައިގެން ގޮސްފައިވާ ތަނުގައި ބެކްޓީރިއާ އަށަގަންނަން ވެސް ދިމާވެ އެވެ.

ފައި ފަޅައިގެން ދިއުމަކީ އެކަމުގެ ސަބަބުން އުނދަގޫ ކުރިމަތިވެ އަދި ބައެއް ފަހަރު ފައިގެ ރިއްސާ، ހިނގަން އުނދަގޫވާ ކަމެކެވެ ނަމަވެސް އެކަމުގެ ރަނގަޅު ޙައްލެއް ރާއްޖޭގެ ބާޒާރަށް މިވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އޮންލައިން ވިޔަފާރި އެއް ކަމަށްވާ، ދަ ކްރިމްސަން ޝޮޕްއިން ނެރެފައެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން ކްރިމްސަން އިން ބުނެފައިވަނީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ، 4އެވަރ ނެޗްރަލްސްގެ ފުޓްކްރީމް މިހާރު ރާއްޖޭގެ މާކެޓަށް އެކުންފުނިން ނެރެފައިވާ ކަމަށާއި މި ބްރޭންޑްގެ އިތުރު ޕްރަޑަކްޓްތައް ވެސް އެ ކުންފުނިން މިހާރު ވިއްކަމުން އަންނަ ކަަމަށެވެ.

ހިތިފަތާއި ރީނދޫ ބޭނުންކޮށްގެން އުފައްދާފައިވާ މި ޕްރަޑަކްޓަކީ 100 އިންސައްތަ ފަތްޕިލާވެލި ބޭނުން ކޮށްގެން ހަދާފައިވާ ކްރީމެކެވެ. މިކަމުގެ ސަބަބުން މި ކްރީމް ވެގެން ގޮސްފައިވަނީ، ތަފާތު އެކި ހަންތަކަށްވެސް އަސަރު ފޯރާ، އަދި ސައިޑް އިފެކްޓްތައް މަދު ޕްރަޑަކްޓަކަށެވެ.

މި ޕްރަޑަކްޓް ބޭނުން ކުރަން ފެށުމާއެކު، ފައިގެ ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ، މަރުވެފައިވާ ފައިގެ ހަންގަނޑުގެ ސެލްތައް ނައްތާލުމަށް އެހީތެރިއަކަށް ވެގެންދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އައު ސެލްތައް އުފެދި، މަރުވެފައިވާ ހަންގަނޑު އަލުން ދިރުވައިދެއެވެ. އަދި މި ޕްރަޑަކްޓްގައި ހިމެނޭ ވައިޓަމިން އީ ގެ ސަބަބުން ފައިގެ ތެތްކަން އިތުރަށް ދަމަހައްޓައިދެއެވެ.

ކްރިމްސަންގެ ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށާއި މައުލޫމާތު ސާފު ކުރެއްވުމަށް 9388628 ނަމްބަރު ފޯނާއި ގުޅުއްވުމަށް ނުވަތަ އެ ފަރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެދުވެރިކޮށް މުއާމަލާތް ކުރެއްވުމަށް ކްރިމްސަން އިން ވަނީ އެދިފައެވެ. އެ ފަރާތުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދެއެވެ. މިޕްރަޑަކްޓްގެ އަގަކީ 129 ރުފިޔާއެވެ.

މި ކްރީމް ބޭނުން ކުރައްވާނެ ގޮތް

މި ކްރީމް ބޭނުންފުޅު ކުރެއްވުމަށް ފުރަތަމަ ތާފަނާ ފެނުން ފައި ރަނގަޅަށް ދޮވެލާށެވެ. އަދި މަސާޖް ކުރާ ކަހަލަ ގޮތަކަށް ފައިގެ ހަލާކުވެފައިވާ ސަރަހައްދުގައި ކްރީމް އުނގުޅާލާށެވެ. އެންމެ އެދެވޭ ނަތީޖާ ހޯއްދެވުމަށް ދުވާލަކު ދެ ފަހަރު ކްރީމް ބޭނުން ކުރައްވާށެވެ.

ފުޓް ކުރީމްގެ އިތުރުން ކްރިމްސަން އިން ވިއްކާ އެހެނިހެން އައިޓަމްތަކުގެ ތެރޭގައި ބުރުގާ އަޅުއްވާ ބޭފުޅުންގެ ތެރެއިން އިސްތަށިގަނޑަށް އެކި މައްސަލަ ދިމާވާ ބޭފުޅުންނަށް ޚާއްޞަ އިންދުލޭކާ އޮއިލް އާއި ، ނުރަވުމުން ދުރުކޮށްދޭ އޯގަން އޮއިލްގެ އިތުރުން އިސްތަށި ފަޅުވާ އެސް3ޑީ ހެއަރ ޓޮނިކް ، ސްޓްރެޗް މާކް ކުރީމް ހިމެނެއެވެ. އަދި އޮށާޅަ ފިލުވައިދޭ  ފޯއެވާ ކުރީމާއި ލޮލުކައިރި ކަޅުވުމުން ދުރުކޮށްދޭ އައިޖެލް އަކީ ވެސް މަގުބޫލު ޕްރޮޑަކްޓްތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!