އަފްގާނިސްތާނަށް އަނެއްކާ ވެސް ބިންހެލުމެއް އަތުވެއްޖެ
އަފްގާނިސްތާނަށް އަނެއްކާ ވެސް ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ސެންޓަރުން ރިކްޓާ މިންގަނޑުން 6.3 ބާރު މިނުގައި މި ބިންހެލުން އައީ އަފްގާނިސްތާންގެ ހުޅަނގު ސަރަޖައްދެއް ކަމަށްވާ ހީރަތުގެ ކައިރިއަށެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މިމަހުގެ ކުރީކޮޅުވެސް އަފްގާނިސްތާނަށް ވަނީ ބިންހެލުމެއް އައިސްފައެވެ. އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަކަށް އައި އެ ބިންހެލުމުގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަފްގާނިސްތާނަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އައި ބިންހެލުމެއްގައި ވެސް ހާހަކަށް ވުރެ ގިނަ މީހުން މަރުވިއެވެ.
Ads by Allied Insurance