ޚަބަރު ސިޔާސީ

ފަލަސްޠީނުގެ ޙައްޤުގައި ފަރުދީ ގޮތުން ކުރެވެންހުރި ކޮންެ ކަމެއް ކުރާނަން: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެއްވެސް ފަރާތެއްގެ އިންޒާރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ނިކުމެ ހުންނެވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައިކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ރާއްޖޭގައި ބާއްވަމުންދާ ޙަރަކާތްތަކުން އިމްރާން ސިޔާސީ މަންފާއެއް ޙާސިލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ އެއްވެސް ފަރާތެއްގެ އިންޒާރަށް ފަސްޖެހުމެއް ނެތިި ފަލަސްޠީނުގެ ޙައްޤުގައި ފަރުދީގޮތުުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް އޭނާ ފަހަތައް ޖެހޭނެ ކަމަށް ހީ ނުކުރެއްވުމަށް އެދޭ ކަމަށެވެ.

އިޒްރޭލާ އިދިކޮޅު ޙަރަކާތްތައް ރާއްޖޭގައި ވަރުގަދަވެފައިވާއިރު އިޒްރޭލުން ވަނީ ޔަހޫދީން ރާއްޖެ ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީވެސް ނެރެފައެވެ.

Ads by Allied Insurance
  1. އިބްރާހިމް ވަހީދު

    މި އިމްރާނަކީ ހާދަހާ ހަޔާއްކުޑަމީހެކޭ މިއަދު ފަލަސް ތީނުގެ ހައްގުގައިއޭ ކިޔާފަ ނުކުމެ މިއުޅެނީ ހަމަލަދު ހަޔާތެއްގެ ކަންފުޅެއްވެސް ނެތީމައެއްނޫންތަ އާރާބާރު ހުރި އިރު ފަލަސްތީނުގެ ހައްގުގައި މިގަމްގެ ރައްޔިތުން ބޭވި ސައިކަލް ބުރު ހުއްޓުވާލީ ކާކުކަން އަހަރުމެން ރައްޔިތުންނަށް އެގޭ

  2. އިމުރާނުއަކާ ނުގުޅެތިސިފައެއްވެސް ތިއަމަލެއްވެސް އަދިތިބަހެއްވެސް.ނިކަން.އިމުރާނަށް މީދޮގެއްތޯވެސްބަލާލަބަލަ

  3. ކޮމެންޓެއްލިޔަސް.ކޮމެންޓު ލަނީކީނޫ. ކީވެތަ ކޮމެންޓު ލާން ުނަނެފސއިންނަނީ އަނެއްކަމީ ޔަހޫދީ ސައިޓުގެ ނޫހަކީތަ