Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ސަރުކާރުން އުޅެނީ ކުރަން ހުރި ރަނގަޅު ކަންކަން ނުކޮށް ދައުލަތް ބަނގުރޫޓުވާނެ ފަދަ ކަންކަން ކުރަން: އިލްޔާސް

ސަރުކާރުން އުޅެނީ ކުރަން ހުރި ރަނގަޅު ކަންކަން ނުކޮށް ދައުލަތް ބަނގުރޫޓުވާނެ ފަދަ ކަންކަން ކުރަން: އިލްޔާސް

ސަރުކާރުން އުޅެނީ ކުރަން ހުރި ރަނގަޅު ކަންކަން ނުކޮށް ދައުލަތް ބަނގުރޫޓުވާނެ ފަދަ ކަންކަން ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުން އަބަދުވެސް ވަކާލާތު ކުރަމުން ދަނީ ޤާނޫން އަސާސީއާ ގާނޫނުތަކަށް ތަބާވާނެ ޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުން ދަނީ ގާނޫނާ ހިލާފަށް އުސޫލުތަކާވެސް ހިލާފަށް ކަންތައްތައް ކުރަމުންދާތަން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަދި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ހިނގައްޖެ ހަމަށާއި ބޮޑުވާން މެދުވެރިވީ ވެސް ކީއްވެތޯ ސުވާލުކުރަން ޖެހޭ ކަމށް އިލްޔާސް ވިދާޅުވިއެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ދައްކާނެ ގޮތެއް ހޯދަން ޖެހޭނީ އަލަށް ވަޑައިގަންނަވާ ފިނޭންސް މިނިސްޓަރެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް