ނައިބު ރައީސްކަމުން އީވާ ވަކި ކުރުމަށް އެމްޑީޕީން ސޮއި ހަމަކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަން ހާމަކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރު މިއަދު ދެ ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، އީވާ ވަކިކުރުމުގެ ޤަރާރެއް ވެސް މަޖިލީހަށް ވައްދަން ސޮއި ހަމަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޤަރާރަށް އިތުރު މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކުއެވެ.