ޒަކާތާ ގުޅޭ ބިލަކާ އެކު ތިން ބިލެއް މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބަންޑާރަނާއިބުގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން އަންގާރަ ދުވަހުގެ ރޭ ބުނި ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް އެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވަނީ ޒަކާތާބެހޭ ބިލަކާއި، މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލަކާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.
އޭޖީ އޮފީހުން ބުނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ޢާއްމު އިޖުތިމާޢީ އެކި ދާއިރާތަކާއި ގުޅޭ ބިލްތަކުގެ އިތުރުން ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން އިސްލާޙު ކުރަން ޖެހޭ ބިލްތަކެއް ހިމެނެއެވެ.