ފަލަސްތީނަކީ އިސްލާމީ ޢިލްމުވެރިންގެ ޢިލްމީ ފޮތްތަކާއި, ބޮޑެތި މަދަތުސާތަކުން ޒީނަތްތެރިވެފައިވާ ތަނެއް: ޚުތުބާ
ފަލަސްތީނަކީ އިސްލާމީ ޢިލްމުވެރިންގެ ޢިލްމީ ފަތްތަކާއި, ބޮޑެތި މަދަތުސާތަކުން ޒީނަތްތެރިވެފައިވާ ތަނެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ފަލަސްތީނާއި އަޤްސާ މިސްކިތް" މިއެވެ.
ހުތުބާގައު ބުނެފައިވަނީ މި ދުވަސްވަރަކީ މުސްލިމުންގެ އަދުއްދުން ކަމުގައިވާ އިޒްރާއީލްގެ ޔަހޫދީ ޒަޔަނިސްޓުން, މުސްލިމުންގެ އެންމެ މުޤައްދަސް އެއް މިސްކިތް ކަމުގައިވާ މަސްޖިދުލްއަޤްސާ ހުންނަ ބަރަކާތްތެރި ބިމުގައިވާ ޢައްޒާއަށް, އަނިޔާވެރި ޢުދްވާނީ ހަމަލާތަކެއް ދެމުންދާ ދުވަސްވަރެއް ކަމަށެވެ.
އަދި މި ހަމަލާތަކުގައި, ކުޑަކުއްޖަކަށް, އަންހެނަކަށް, މުސްކުޅިއަކަށް, ނުކުޅެދޭމީހަކަށް ބެލުމެއް ނެތް ކަމަށާއި މިސްކިތެއް, ހޮސްޕިޓަލެއް, ސްކޫލެއް, ބަލިމީހުން ގޮވައިގެންދާ އެމްބިއުލާންސެއް އަދި އާންމުންގެ ބޯހިޔާވައްސަކަށް ބެލުމެއް ނެތް ކަމަށެވެ.
އިންސާނީ ކަރާމާތާއި, އަސާސީ ޙައްްޤުތަކަށް ބެލުމެއް ނެތް ކަމަށާއި އެއްވެސް ޤާނޫނަކަށް ވެސް ބޯލެންބުމެއް ނެތް ކަމަށް ހުތުބާގަިއ ބުންޏެވެ. އަދި މުޅި އައްޒާ ހިސޯރުކޮށްފައިވާ ކަމަށާއި ކާބޯތަކެއްޗާއި, ފެނާއި, ކަރަންޓާއި, ބޭސް ފަރުވާގެ ވަސީލަތްތަކުން ވެސް މަޙްރޫމް ކޮށްފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.