ދުނިޔެ

ކޮވިޑް19: ގޮނޑުދޮށްތައް މާސްކުތަކުން ފުރެނީ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ބޭނުންކޮށްފައިހުރި ފޭސްމާސްކު ހޮންގކޮންގެ ގޮނޑުދޮށްތަކުން ފެންނަ މައްސަލަ އިތުރުވެއްޖެއެވެ.

Ads by WAMCO

ރިޕޯޓުތައް ބުނާ ގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ހޮންގކޮންގް ގެ 7.4 މިލިއަން މީހުން ކޮންމެ ދުވަހަކު ، ބޭނުން ކޮށްފައި އެއްލާލާ ފަދަ ފޭސްމާސްކު ބޭނުން ކުރެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެ 7.4 މިލިއަން މާސްކު ރަނގަޅަށް ނައްތާނުލެވޭ ކަން ވެސް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ސަބަބުން އެ ގައުމުގެ ގިނަ ގޮނޑުދޮށްތަކެއް ހަޑިކޮށްފައި ވަނީ މާސްކުންނެވެ.

މިކަމުގެ ސަބަބުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މާހިރުން ބުނެއެވެ.

ކޮރޯނާ ވައިރަހަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ސައިބޯނިލައިގެން ގިނަ ގިނައިން އަތް ދޮވުމެވެ. ނުވަތަ ސެނިޓައިޒާއެއް ބޭނުން ކުރުމެވެ. ރައްކާތެރިކަމުގެ މާސްކު އަޅަން ޑޮކްޓަރުން ލަފާދެއްވަނީ ބަލި ޖެހިފަައި ތިބޭ މީހުންނާއި ބަލި ޖެހިފައި ތިބޭ މީހުން ކައިރީގައި އުޅޭ މީހުންނެެވެ. ބަލި ނުޖެހޭ މީހުން މާސްކު އެޅުން ރައްކާތެރި ނޫންކަމަށް ވެސް ބައެއްް ޑޮކްޓަރުން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 145,858 މީހުނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ހޮންކޮންގް އިން ވަނީި ފައްސި 138 ކޭސް ރިޕޯޓުކުރެވިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!