ޚަބަރު ސަރުކާރު ޝަރުޢީ ދާއިރާ

ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރަން ބަޖެޓުގައި 15 މިލިއަން ރުފިޔާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓު ހިންގަމުންދާ ޢިމާރާތް ބާވެ އެ ކޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެ ކޯޓުގެ އާ ޢިމާރާތް ހުޅުމާލޭގައި ބިނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމެނުމަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހަމަ އެހެންމެ ހައިކޯޓު ޕެރަލީގަލް މަސައްކަތަށް 2.2 މިލިއަން ރުފިޔާވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މަދަނީ އިޖުރާއަތުގެ ކޯޑު ތަންފީޒު ކުރުމަށް 500،000 ރުފިޔާ ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރުކޮށްދީފައެވެ.

ކްރިމިނަލް ކޯޓު ބާވެ، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ މީގެ ކުރިން އެ ކޯޓުން ބުނެފައި ވަނީ އެ ކޯޓުގައި ބޭއްވޭ އަޑުއެހުންތަކުގެ އަދަދު %50އަށް ދަށްވެފައިވާ ކަމަށާއި، މުވައްޒަފުންނާއި ގާޒީންނަށް މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ، ލޯކަލް މާރުކޭޓުގެ ފުރަގަހުން ހުންނަ ހަތަރު ބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ ތަނަކަށް ވުމުން، އެ އިމާރާތް ބޭނުން ކުރުން ހުއްޓާލަން ނިންމައި އެ ކޯޓު ހުޅުމާލެއަށް ބަދަލުކުރަން ޖޭއެސްސީން ނިންމީ މިދިޔަ ފެބްރުއަރީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!