Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ނެއްލައިދޫގައި ޤާއިމު ކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި

ނެއްލައިދޫގައި ޤާއިމު ކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި

ހދ. ނެއްލައިދޫގައި ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް އެ ރަށުގައި ޤާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެއްލައިދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ޤާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދޭން މިހާރު ވަނީ ފަށާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް