ދުނިޔެ

އެމެރިކާގެ ރައީސް ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓު ކޮށްފިއެވެ.

Ads by WAMCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އެ ޓެސްޓު ހަދާފައިވަނީ އިއްޔެ ކަމަށާއި ޓެސްޓު މިހާރު ލެބަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެން ގާތްގަނޑަކަށް ދެ ތިން ދުވަސް ނެގަނާގެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ކޮވިޑަށް ޓްރަމްޕް ޓެސްޓުކޮށްފައިވާއިރު މިދިޔަ ހަފްތާގައި ޓްރަމްޕްއާ ބައްދަލުކުރެއްވި ބްރެޒިލްގެ އޮފިޝަލުންތަކެއް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ޓްރަމްޕް ވެސް މި ބައްޔަށް ޓެސްޓުކޮށް އަދި އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގަތުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.

އެމެރިކާގެ 44 ސްޓޭޓަކުން ކޮވިޑް-19 އަށް 1701 މީހަކު ފައްސިވެފައިވާއިރު، 40 މީހަކު އެގައުމުގައި ވަނީ މަރުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިންވެސް އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ގިނަ މީހުން އެއްތަނަކަށް އެއްވުން މަނާކުރުމާއި، ސްކޫލްތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!