ޚަބަރު

ﷲއަށް ހަމްދުހުރި، މިއަދު އިތުރު 130 މީހަކު ބަލިން ރަނގަޅު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 122 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

މިއަދު ބަލިން ރަނގަޅުވި މީހުންނާއި އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4691 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން އިތުރު 104 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 76 ދިވެހީންނާއި ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7329 އަށް އަރައިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،610 މީހެކެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!