Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެމްޑީޕީން އީސީއަށް ގޮވާލައިފި

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެމްޑީޕީން އީސީއަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި ވެސް މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ލަފައަކަށް އެދުމުން ސަރުކާރު ހިންގާ ޕާޓީ ފިޔަވައި އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެދިފައިވަނީ އިންތިހާބު ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ލަފައާއި ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންގެ އެދުމާއި ހިލާފަށް ސަރުކާރުގެ ނުފޫޒުން ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިފަދައިން ތުހުމަތުކުރާ ސަބަބުތަކުގެ ތެރޭގައި އެޗްއާރުސީއެމް އާއި، އޭސީސީގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ލަފާ ދީފައި ވަނިކޮށް އެ ނިންމުމާ ހިލާފަށް އީސީން އަމަލުކުރަން އުޅޭ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ ލަފަޔާއި މަޖިލިސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ލަފަޔާއި އެއްގޮތަށް އަދި ސަރުކާރުން ފޯރުވަމުންދާ ނާޖާއިޒު ނުފޫޒަށް ބޯނުލަނބާ ރޯދައިގެ ފަހު ތާރީހެއްގައި އިންތިހާބު ބޭއްވުމަށް ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް