Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ރައީސްގެ ވައުދާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ އުސޫލެއް އެކުލަވާލައި ގަވައިދެއް ހަދައިފި

ރައީސްގެ ވައުދާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ އުސޫލެއް އެކުލަވާލައި ގަވައިދެއް ހަދައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ އުސޫލެއް ހަދައި ގަވާއިދެއް އެކުލަވާލައިފިއެވެ.

މިއީ ޖުމްލަ 10 ބާބުގެ މައްޗައް އެކުލެވޭ 36 މާއްދާ ހިމަނާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ދަށުން ކުރިއަށް އޮތް ތިން މަސް ތެރޭގައި ވަޒީފާ ދޭ ފަރާތްތަކުން ކަމާ ބެހޭ ވުޒާރާއިން އެކުލަވާލާ މިންގަނޑުގައިވާ ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

Advertisement
Ooredoo — Truecaller (box)

ހަމަ އެހެންމެ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަންތަން ކަމަށް ބަލާނީ އެތަނުގެ މުވައްޒަފުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކު މަސައްކަތް ކުރަން ބޭނުންވާ ތަމްރީން ފުރިހަމަކޮށްފައިވާ އިދާރާއަކަށް ވެފައިވާނަމައެވެ.

މީގެ އިތުރުން މި ގަވާއިދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭނަމަ ނުވަތަ ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

މި ގަވައިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިހްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމާއި މަސައްކަތް ކުރާނެ މާހައުލެއް ގާއިމުކޮށްދީ އެމީހުން މަސައްކަތުގެ މާހައުލުގައި ޝާމިލްކުރެވޭނެ ގޮތަށް އުސޫލު ކަނޑައެޅުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް